ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މިއަދު ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ބުނެފިއެވެ.
މޫސުމާބެހޭ ގޮތުން ކުރި ޕޯސްޓެއްގައި މެޓް އޮފީހުން ބުނީ، މިއަދު އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖޭގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ދެކުނުގެ ރަށްތަށް ފިޔަވާ އެހެން ސަރަހައްދުތަކަށް ގުގުރުމާއެކު ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މީގެއިތުރުން ދެކުނުގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން، އަދި އެހެން ހިސާބުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.
ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެއެވެ. އަދި ރާޅުގެ އުސްމިން ހުންނާނީ 1 ފޫޓު 3 ފޫޓަށް ކަމުގައިވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާ ކޮށްފައިވެއެވެ.



