2025 ގައި ހައްޖަށް ދެވޭނެ ކަމަށް ކިއުގައި ތިބި ހުރިހާ ފަރާތްތަކަށް މި އަހަރު ހައްޖަށް ދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަން ހާމަކުރައްވާފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
”2025ގައި ހައްޖަށް ދެވޭނެ ކަމަށް ކޯޕަރޭޝަންގެ ކިއުގައި ތިބި އެންމެހައި ފަރާތްތަކަށް މިއަހަރު ހައްޖަށް ދެވޭނެ. އިންޝާ ﷲ“ ރައީސްގެ ޕޯސްޓުގައި ވިދާޅުވިއެވެ.
އަދި މިއީ ޒަމާންތަކަކަށް ފަހު, އެ އަހަރެއްގައި ކިއުގައި ޖެހިފައި ތިބި އެންމެނަށް އެ އަހަރު ހައްޖަށް ދެވޭ ފުރަތަމަ ފަހަރުކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް މިހެން ވިދާޅުވެފައި ވާއިރު ހައްޖަށް މީހުން ގެންދިއުމާ ބެހޭގޮތުން އިސްލާމިކް މިނިސްޓްރީން އެކުލަވާލި އުސޫލުގައިވާގޮތުން ހައްޖު ކިއު ކުޑަކުރުމުގެ ގޮތުން ހައްޖަށް ދިއުމުގެ ފުރުސަތު ދިނުމުގައި އިސްކަން ދޭނީ އަލަށް ހައްޖުގެ އަޅުކަން އަދާކުރަން އެދޭ ފަރާތްތަކަށާއި އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށެވެ.




