މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޑިރެކްޓަރ ޖެނަރަލްގެ މަގާމަށް އަޙްމަދު މަޢުޞޫމް އައްޔަން ކުރައްވައިފިއެވެ.
ހެލްތު މިނިސްޓްރީން ދެންމެ ބުނީ މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޑިރެކްޓަރ ޖެނަރަލްގެ މަގާމަށް އަޙްމަދު މަޢުޞޫމް މިއަދު އައްޔަންކުރައްވާފައިވާ ކަމަށެވެ.
މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ޚިދުމަތް ރަނގަޅުކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިއްޔެ ކަމާބެހޭ އިދާރާތަަކަށް އިރުޝާދު ދެއްވާފައެވެ.




