ފޭރުމުގެ އަމަލެއް ހިންގައިގެން ހައްޔަރުކުރި މީހެއްގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.
ފޭރުމުގެ އަމަލެއް ހިންގައިގެން ހައްޔަރު ކޮށްފައި ވަނީ ވިލމާލެއަށް ނިސްބަތްވާ އަންހެނެކެވެ.
ކްރިމިނަލް ކޯޓުން އޭނާ ބަންދުކުރަން ނެރުނު އަމުރުގައި ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ ފޭރުމާއި ހުއްދަ ނެތި އެހެން މީހުންގެ މުދަލަށް ބާރު ފޯރުވުމުގެ ތުހުމަތުގައެވެ.
އެހެންކަމުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޭނާ 10 ދުވަހު ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފޭރުމުގެ އަމަލެއް ހިންގައިގެން ބަންދަށް 10 ދުވަސް ޖަހާފައިވާ އަންހެން މީހާއަކީ މީގެ ކުރިން ފުލުހެއްގެ ގައިގައި ދަތް އަޅައިގެންވެސް ހައްޔަރުކުރި އަންހެނެކެވެ.



