ކީރިތި ގުރުއާން ހިތުދަސްކުރާ ހާފިޒުންނަށް، ހާފިޒްކަމުގެ ސަނަދު އެރުވުމަށް ޚާއްސަކޮށްގެން ފުރަތަމަ ފަހަރަށް ބާއްވާ ޖަލްސާ މިރޭ ބާއްވާ ގޮތަށް ނިންމައިފިއެެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި ޖަލްސާ ބާއްވާނީ މިރޭ 22:00 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކަމަށެވެ.
އެ ޖަލްސާ ޝަރަފްވެރިކޮށްދެއްވާނީ ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މިރޭ ބާއްވާ ހާއްސަ ޖަލްސާގައި 24 ޙާފިޒަކަށް ޙާފިޡުކަމުގެ ސަނަދު އަރުވާނެ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
މިއީ ހާފިޒުން ދަސްވެނިވުމަށް ޚާއްސަކޮށްގެން ރާއްޖޭގައި ފުރަތަމަ ފަަހަރަށް ބާއްވާ ޖަލްސާއެވެ. މި ދަސްވެނިވުމުގެ ޖަލްސާއަކީ ކީރިތި ޤުރުއާން ހިތުދަސްކުރާ ފަރާތްތަކުގެ އަގު ވަޒަންކޮށް، ޝަރަފްވެރިކަމާއެކު ސަނަދު އެރުވުމަށް ސަރުކާރުން ބާއްވާ ޖަލްސާއެކެވެ.




