މިއަދު ހަވީރު ހުޅުމާލޭގައި ވެހިކަލް ދުއްވުމުގެ ހުއްދަ މާލެ ސީޓީ ކައުންސިލުން ދީފިއެވެ.
ސިޓީ ކައުންސިލުން އެ ހުއްދަ ދީފައި ވާއިރު އިއްޔެ އެ ކައުންސިލުން ކުރި އިއުލާނުގައި ވަނީ މާލެ،ހުޅުމާލެ އަދި ވިލިމާލޭގައި މިއަދު ހަވީރު ވެހިކަލް ދުއްވުން މަނާ ކޮށްފައެވެ.
ދެންމެ ކުރި ޕޯސްޓެއްގައި މާލެ ސިޓީ ކައުންސިލުން ބުނީ ފިތުރު ޢީދާއި ގުޅިގެން މިއަދު ހަވީރު 16:00 18:00 އަށް ހިނގާފައި އުޅެން އެ ކައުންސިލުން މިހާރު ނިންމާފައި ވަނީ މާލެ ސިޓީގެ، މާލެ ، ވިލިމާލޭގައި އެކަނި ކަމަށެވެ.
މާލެ ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ގްރޭޓަރ މާލެ އޭރިއާގައި ހިމެނޭ މާލެ، ހުޅުމާލެ އަދި ވިލިމާލޭ މަގުތަކުގައި ފިޠުރު ޢީދު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް، އިންޖީނުލީ އަދި ބެޓެރި އުޅަނދު ދުއްވުމަކީ މަނާކަމެއް ކަމަށެވެ.
އަދި އެ އެންގުމާ ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ވާހަކަ އެ ކައުންސިލުން ކުރި އިއުލާނުގައި ވަނީ ބުނެފައެވެ.



