ފިޠުރު ޢީދު ދުވަހުގެ މުނާސަބަތާ ގުޅިގެން ސަރުކާރުގެ ފަރާތުން އިއްޔެ ހަވީރު މާލޭގައި ބޭއްވި ”ޢީދު ހަވީރު 1446“ ގެ ހަަވީރު މިއަދާއި މާދަމާވެސް އޮންނާނެ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
ެޮއިއްޔެ ބޭއްވި މި ހަރަކާތުގައި ގިނަ އަދަދެއްގެ ކުދި ބޮޑު އެންމެންވަނީ ބައިވެރިވެފައެވެ.
އެގޮތުން އިއްޔެ މި ހަރަކާތް ބާއްވާފައިވަނީ ސަލްޓަން ޕާކު ސަރަހައްދުން ޖުމްހޫރީ މައިދާން ސަރަހައްދު ހިމެނޭހެން ބޮޑު ސަރަހައްދެއްގައެވެ.
ނަމަވެސް މިއަދު މި ހަރަކާތް އޮންނާނީ ޖުމްހޫރީ މައިދާން ސަރަހައްދާއި އިސްލާމީ މަރުކަޒު މާބްލް ސަރަހައްދުގައި ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.
”ޢީދު އުފާ“ މި ހަރަކާތް މިއަދުވެސް އޮންނާނީ ހަވީރު 4:00 އިން 6:00 އަށެވެ.

މި ހަރަކާތަށް އިއްޔެ ވަނީ ހޫނު ތަރުހީބެއް ލިބިފައެވެ. އަދި މި ހަރަކާތުގައި ރައީސް މުހައްމަދު މުއިއްޒުގެ ދެކަނބަލުން ވެސް ޒިޔާރަތް ކުރައްވައި ހަވީރުގައި ބައިވެރިވި ކުޑަކުދިންނާ ސަލާމްކުރައްވައި ފޮޓޯ ނަންގަވާފައިވެއެވެ.
ކުޑަކުދިންގެ ހަވީރުގެ ތެރެއިން އެމްއެންޑީއެފްގެ ހަތިޔާރުތައް ދައްކާލައި ފުލުހުންގެ ވެހިކަލްތައް ދައްކާލައި އެ ތަކެއްޗާ އެކު ފޮޓޯ ނެގުމުގެ ފުރުސަތު ވެސް ވަނީ ދީފައެވެ.
މީގެއިތުރުން ސަގާފީ ކުޅިވަރުތައް ވެސް ކުރިއަށް ގެންދިޔައެވެ. އޭގެ ތެރޭގައި ތިންހަމަ، އަންބަލަން، އޮށްވަޅުގޮނޑި އަދި ފަސްއޮށް ފަދަ ކުޅިވަރުތައް ހިމެނެއެވެ. އަދި ކުޑަކުދިން ގަޔާވާނެ ފަދަ ޒަމާނީ ކުޅިވަރުތަކާއި ގޭމުތައް ވެސް ކުރިއަށް ގެންދިޔައެވެ.
މިއީ އެމްއެންޑީއެފްއާއި ފުލުހުންގެ އިތުރުން އެމްޓީސީސީ، ސްޓެލްކޯ، އެމްއޭސީއެލް، ވެމްކޯ، އެމްޑަބްލިޔުއެސްސީ، އެމްޕީއެލް، އާރްޑީސީ އަދި އެޗްޑީސީން އިންތިޒާމުކޮށްގެން ހިންގާ ހަރަކާތެކެވެ.




