މިފްކޯގެ، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް އައިޓީ ޓެކްނީޝަނަކު ހޯދަން އިއުލާނުކޮށްފިއެވެ.
މިފްކޯއިން ކުރި އިއުލާނެއްގައި ބުނީ، ހުޅުމީދޫގައި ހުންނަ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް އައިޓީ ޓެކްނީޝަނަކު ހޯދަން ބޭނުންވާ ކަމަށެވެ.
މި ވަޒީފާގެ މުސާރައަކީ 15،671 ރުފިޔާ ކަމަށް މިފްކޯއިން ހާމަކުރެއެވެ.
މިފްކޯއިން ބުނީ މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ސޮފްޓްވެއާ ޑިވެލޮޕްމެންޓް ނުވަތަ އައިޓީ، ކޮމްޕިއުޓަރ ސައިންސް ނުވަތަ މި ނޫން ވެސް ގުޅުން ހުރި ދާއިރާއަކުން ޑިޕްލޮމާއެއް އޮންނަން ޖެހޭނެ ކަމަށެވެ. މިއާއެކު މަދުވެގެން ދެ އަހަރުގެ ތަޖުރިބާ ހުންނަން ޖެހޭނެ ކަމަށް މިފްކޯއިން ބުނެފައި ވެއެވެ.
އެހެންކަމުން މި މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އައިޑީ ކާޑު ކޮޕީ އާއި ސީވީ އާއި ތައުލީމީ ސެޓްފިކެޓްތަކާއި ވޯކިން އެކްސްޕީރިއަންސް ރިފަރެންސް ލެޓާ އާއި މަގާމަށް ކުރިމަތިލާ ކަމުގެ ސިޓީގެ އިތުރުން ޕޮލިސް ސެޓްފިކޭޓް މެއިލް ކުރުމަށް މިފްކޯއިން ވަނީ އެދިފައެވެ.
މިފްކޯއިން ބުނީ މިކަމާއި ގުޅޭ އިތުރު މައުލޫމާތު 3323932 އިން ލިބޭނެ ކަމަށެވެ.
މި ވަޒީފާއަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 5 ވަނަ ދުވަހުގެ މެންދުރު 14:00 ކަމަށް މިފްކޯއިން ބުނެފައި ވެއެވެ.



