މި އަހަރުގެ އީދު ބައިބަލާ ޗެލެންޖު މާދަމާ ރޭ ފެށުމަށް ބައިބަލާ އެސޯސިއޭޝަނުން ތައްޔާރު ވެއްޖެއެވެ.
މި މުބާރާތް ކުރިއަށް ދާނީ ހުޅުމާލެ ފޭސް އެކެއްގައެވެ.
މިފަހަރުގެ މުބާރާތުގައި 29 ޓީމަކުން ވާދަކުރަން ވަނީ ހަމަޖެހިފައެވެ. މާދަމާ ރޭ ޖުމްލަ ހަ މެޗެއް ކުޅެން ވަނީ ހަމަޖެހިފައެވެ.
މާދަމާ ރޭގެ ފުރަތަމަ މެޗުގައި ވާދަ ކުރާނީ މިދިޔަ އަހަރުގެ ޗެމްޕިއަން ބުރު ސްޕޯޓްސް ކުލަބާއި ޓީއެފްޓީއެވެ. ދެވަނަ މެޗުގައި ވާދަ ކުރާނީ ދަ ބޯސް ސްޕޯޓްސް ކުލަބާއި ޓީއެފްޓީ ވަކަރުގެ އެވެ. ތިން ވަނަ މެޗުގައި ވާދަ ކުރާނީ މިދިޔަ އަހަރުގެ ރަނަރަޕް ކުލަބް ކާސިންޖީ އާއި ޓީނޭޖް ވެޓަރެންސްއެވެ.
އަދި ހަތަރު ވަނަ މެޗުގައި ވާދަ ކުރާނީ ޖަނަވަރީ ސްޕޯޓްސް ކުލަބާއި ލިޓްލް ޓައުންއެވެ. މީގެ އިތުރުން ފަސް ވަނަ މެޗުގައި ކުޑަހެންވޭރު ޔުނައިޓެޑާއި ބީޖީ ނިއުޖެނެރޭޝަން ވާދަ ކުރާއިރު މާދަމާ ރޭގެ ފަހު މެޗުގައި ވާދަ ކުރާނީ އެލްޓީ ސްޕޯޓްސް ކުލަބާއި ކާސިންޖީއެވެ.




