2019 ވަނަ އަހަރު ބެޓެރި ބުރުމާއެއް ވަގަށް ނަގައިގެން އޭތި ވިއްކާލުމުން ހަތަރު މަހާ 24 ދުވަހަށް ދިވެހި ފިރިހެނަކު ޖަލަށް ލާން ހުކުމް ކޮށްފިއެވެ.
އޭނާ ޖަލަށް ލާން ހުކުމް ކޮށްފައި ވަނީ މިދިޔަ މަސްތެރޭގައެވެ.
މި މައްސަލައިގައި ދައުލަތުން ކުރި ދައުވާގައި ބުނީ އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތުގައި އޭނާ ބާރުފޯރުވާފައިވާ ކަމަށެވެ.
ޝަރީއަތުގެ ރިޕޯޓުގައި ބުނެފައި ވަނީ ބޯޝް ބްރޭންޑްގެ ކުޑަ ބެޓެރީ ބުރުމާއެއް ވަގަށް ނެގުމަށްފަހު 100 ރުފިޔާއަށް އޭނާ އެ ވިއްކާލާފައިވާ ކަމަށެވެ.
ދައުވާ ލިބުނު ފަރާތުން ދައުލަތުން ހުށަހެޅި ދައުވާއަށް އިންކާރުކޮށްފައިވީ ނަމަވެސް އެ މައްސަލަ އޭނާގެ މައްޗަށް ސާބިތުވެފައި ވާތީ ކޯޓުން ވަނީ އޭނާ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފައެވެ.



