އައްޑޫސިޓީ ހިތަދޫ އާރިކިޅީގައި ނިޔާވެގެން ވެއްޓިފައި އޮތް ބިދޭސީއަކު ފެނިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އައްޑޫ ސިޓީ އާރިކިޅީގައި މީހަކު ހަބަރު ހުސްވެފައި އޮތްކަމުގެ މައުލޫމާތު މިއަދު ހެނދުނު 9:33 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އެމީހާ އައްޑޫ އީކުއަޓޯރިއަލް ހޮަސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވިދާޅުވެފައިވެއެވެ.
ނިޔާވެފައިވަނީ ބިދޭސީ ފިރިހެނެކެވެ.
މިމައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރައްވަމުންނެވެ.



