އިންޓަރ-ޕާލިމެންޓަރީ ޔުނިއަންގެ 150 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله އުޒްބަކިސްތާނުގެ ތަޝްކެންޓަށް ފުރާވަޑައިގެންފިއެވެ.
މަޖިލިސް ރައީސްގެ މިދަތުުރުފުޅުގައި އެމަނިކުފާނާއެކު މަޖިލިހިގެ މައިނޯރިޓީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް، މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު، ހުރާ ދާއިރާގެ މެންބަރު ޑޮކްޓަރ އަނާރާ ނަޢީމް، މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން އިމްރާން ލަޠީފް ބައިވެރިވެ ވަޑައިގަންނަވައެވެ.
މި އެސެމްބްލީ ކުރިއަަށްދާނީ މިއަދުން ފެށިގެން މިމަހުގެ 9އާ ހަމައަށެވެ.
އިންޓަރ ޕާލަމަންޓްރީ ޔޫނިއަން (އައިޕީޔޫ) އަކީ މިނިވަން ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ މައްޗަށް އެކުލެވިގެންވާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެކެވެ. 1989 ވަނަ އަހަރު އުފެއްދި މި ޖަމްޢިއްޔާގައި ބައިވެރިވުމަށް މަޖިލީހުން ޤަރާރެއް ފާސްކުރީ 4 ނޮވެމްބަރު 2004 ގައެވެ. އަދި އައިޕީޔޫގެ ރާއްޖޭގެ ގޮފި އެކުލަވާލައި ގަވާއިދު ފާސްކޮށްފައިވަނީ 6 ޖޫން 2005 ގައެވެ.



