ކްރޫޒްލައިނަރަކުން ރާއްޖެއައި 2800 އަށްވުރެ ގިނަ ފަތުރުވެރިންނަށް އިމިގްރޭޝަނުން ކްލިއަރެންސް ދީފިއެވެ.
”އެމްއެސްސީ މެގްނިފިކާ“ ނަންދީފައިވާ މި ކޫރުޒް ލައިނަރ ރާއްޖެ އައިސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
އިމިގްރޭޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި އެ ކޫރޫޒް ލައިނަރ ރާއްޖެއައިސްފައިވަނީ މިދިޔަ މާރިޗް މަހުގެ 27 ވަނަ ދުވަހު އޮސްޓްރޭލިއާގެ ފްރެމެންޓަލް ޕާތުން ފުރައިގެންނެވެ. މިއީ އިމިގްރޭޝަނުން ކްލިއަރެންސް ދިން އެންމެ ދިގު ސީޕޯޓު ދަތުރެވެ.
އިމިގްރޭޝަނުން ކްލިއަރެންސް ދީފައިވަނީ އެ ކްރޫޒްލައިނަރުން އައި 2818 ފަތުރުވެރިއަކަށެވެ. އެއީ 1،866 ފަސިންޖަރުންނާއި 952 ކްރޫއިންނެވެ.
ކޮންމެ އަހަރަކުވެސް ރާއްޖެއަށް ގިނަ ކްރޫޒްލައިންތަކެއް އަންނައިރު، މިއީ މިއަހަރު ރާއްޖެ އައިސްފައިވާ 8 ވަނަ ކްރޫޒްލައިނެވެ.
ކްރޫޒްލައިންތަކުގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން ބޮޑުވެފައިވާއިރު ސަރުކާރުން މަސައްކަތް ކުރައްވަނީ ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުރޫޒްލައިނަރތަކަށް ހާއްސަ ޖެޓީތަކެއް ތަރައްޤީކުރުމަށެވެ. އަދި މި ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.




