އއ. އުކުޅަހު މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 40% ނިމިފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން މިއަދު ބުނީ، އުކުޅަހު މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 40% ނިމިފައިވާ ކަމަށެވެ.
އެގޮތުން މި މަޝްރޫއުގެދަށުން މިހާރު ކުރިއަށް ދަނީ ހައި ވޯލްޓޭޖް ކޭބަލް ޖަންގްޝަންތައް އިންސްޓޯލް ކުރުމުގެ މަސައްކަތާއި ޕޭވިން ބްލޮކް ހަރުކުރުމުގެ މަސައްކަތް ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
އުކުޅަހު މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން އެ ރަށުގައި 2678 މީޓަރުގެ 10 މަގު ތަރައްގީކުރަން ހަމަޖެހިފައި ވާއިރު، މި މަޝްރޫއުގެ ދަށުން ފެން ހިންދާ ނިޒާމު ގާއިމުކޮށް، ސެޓްލްމެންޓް ޓޭންކް ހަރުކޮށް، ކޭބަލް ޖަންކްޝަން ފޮށި ވަޅުލައި، 4193 އަަކަމީޓަރުގެ ޕޭމަންޓް ހަދާނެއެވެ.
މި މަޝްރޫޢުގެ އެއްްބަސްވުމުގައި ސޮއި ކުރީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު އެވެ.
މިއީ 56.11 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.



