މި ސަރުކާރުގެ އަމާޒަކީ މައިންނާއި ތުއްތު ކުދިންގެ ސިއްޙީ ރެކޯޑްތައް ޑިޖިޓަލް ނިޒާމަށް ބަދަލުކުރުންކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ ނާޒިމް މިހެން ވިދާޅުވީ ދުނިޔޭގެ ސިއްޙަތުގެ ދުވަހުގެ މުނާޞަބަތުގައި މިއަދު ދެއްވި ޚިޠާބުގައެވެ.
އެ ޚިޠާބުގައި މިނިސްޓަރ ނާޒިމް ވަނީ ދުނިޔޭގެ ސިއްޙަތު ދުވަހާއި ގުޅިގެން މިއަހަރު ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާއިން ކަނޑައަޅުއްވާފައިވާ ޝިޢާރު ”ހެލްތީ ބިގިނިންގްސް، ހޯޕްފުލް ފިއުޗަރ“ އަށްވެސް އަލިއަޅުވާފައެވެ.
ހެލްތު މިނިސްޓަރު ވަނީ މި ޝިޢާރުގެ ދަށުން ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި މައިންނާއި ތުއްތު ކުދިންގެ ސިއްޙަތަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ގޮވާލައްވާފައެވެ.
މިއަދު ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް މާބަނޑު މީހުންނާއި ވިހެއުމަށްފަހު ތުއްތު ކުދިންނަށް ބޭނުންވާ އަސާސީ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެހިފާވާއިރު މިއަށްވުރެ ރަނގަޅު ހާލަތަކަށް ދިއުމަށް ސާރުކާރުން ހާއްސަ މަސައްކަތްތަކެއް ފަށާފައިވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
މީގެއިތުރުން ރާއްޖޭގެ ސިއްޙީ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކާއެކު، ދަރިމައިވުމުން ފެށިގެން ދެމަފިރިންނަށް އަދި މައިމީހާއަށް ދޭންޖެހޭ އެންމެހައި މައުލޫމާތު މިހާރު އެ ނިޒާމުގެ ތެރެއިން ދެވޭކަން މިނިސްޓަރ ނާޒިމްގެ ހިޠާބުގައި ފާހަގަކުރެއްވިއެވެ. އަދި މިއީ ރާއްޖޭގެ އޭ.އެން.ސީ ކަވަރޭޖް ނުވަތަ މާބަޑުވުމުން އެކަށީގެންވާ ފަރުވާ ހޯދާ ނިސްބަތް %98 އަށް ވުރެ މަތީގައި ހިފެހެއްޓިފައިވާކަން ފާހަގަކުރެއްވިއެވެ.




