ހދ. ހަނިމާދޫގައި ބިނާކުރަމުންދާ މިސްކިތުގެ ނުނިމިހުރި މަސައްކަތް ނިންމުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، (އެމްޓީސީސީ) އާ ޙަވާލުކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު ވަނީ އިސްލާމިކް މިނިސްޓްރީގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
އެމްޓީސީސީން ބުނީ މި އެއްބަސްވުމުގެ ދަށުން ހަނިމާދޫގައި މިހާރު މަސައްކަތް ހުއްޓިފައިިވާ މިސްކިތުގެ ނުނިމިހުރި ހުރިހާ މަސައްކަތްތަކެއް ނިންމަން ހަމަޖެހިފައިވާ ކަމަށެވެ.
އެމްޓީސީސީން ހާމަކޮށްފައިވާ މަޢުލޫމާތުތަކުގައިވާގޮތުން މި މަޝްރޫޢުގެދަށުން 7933 އަކަ މީޓަރުގެ ސަރަހައްދެއްގަައި ބިނާ ކުރަނީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
މި މަޝްރޫޢު ޙަވާލުކޮށްފައިވަނީ 9.44 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމާގޮތަށެވެ.
މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހީމް އާސިމެވެ.




