އުރީދޫ މޯލްޑިވްސްއިން މިއަހަރުވެސް ފަންރަން އާއި މަސްރޭސް ބޭއްވުމަށް ނިންމައިފިއެވެ.
މިކަން އުރީދޫއިން ހާމަކޮށްފައިވަނީ މިއަދު އެ ކުންފުނިން ފާހަގަކުރި 20 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.
އުރީދޫއިން ބުނީ އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރު ވެސް އުރީދޫ ފަން ރަން 2 ރަށެއްގައި ބޭއްވުމަށް އެކުންފުނިން ވަނީ ނިންމާފައި ކަމަށެވެ.
އެގޮތުން ޑިސެމްބަރު މަހު ހުޅުމާލޭގައި ފަން ރަން ބާއްވާއިރު، މިއަހަރުގެ އަތޮޅު އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 27 ޖޫން 2025 ގައި އައްޑޫ ސިޓީގައި ކަމަށް އުރީދޫން ވަނީ ބުނެފައެވެ.
އުރީދޫން ބުނި ގޮތުގައި މިއަހަރު 3 ތަނެއްގައި މަސްރޭސް ބޭއްވުމަށް ވަނީ ނިންމާފައެވެ. އެގޮތުން މާލެ އަތޮޅާއި ރާއްޖޭގެ ދެކުނު އަދި އުތުރުގެ ރަށެއްގައި އޮގަސްޓު މަހު މަސްރޭސް ބޭއްވިގެންދާނެ ކަމަށް ވަނީ ބުނެފައެވެ.
މަސްރޭސް ބޭއްވުމަށް އެކި ރަށްރަށުން ވަރަށް ގިނަ ރިކުއެސްޓްތައް ލިބެމުންދާތީ، އުތުރާއި ދެކުނުގެ ރަށު ކައުންސިލްތަކަށް މަސްރޭސް އެމީހުންގެ ރަށްރަށުގައި ބޭއްވުމަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުޞަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް އުރީދޫން އިން ބުނެފައިވެއެވެ.


