ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ އިދާރާ އިން އެ އެލާޓް ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅާއި ހަމައަށް މިއަދު ހަވީރު 16:00އިން ފެށިގެން މިރޭ 22:00 އާއި ހަމައަށެވެ.
އެގޮތުން އެ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހި، ގުގުރައި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ބުންޏެވެ.
އެހެންވެ ކަނޑު ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ވެސް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކޮށްފި އެވެ.
އިއްޔެ އިން ފެށިގެން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މުސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާ އިރު ކުރިއަށް އޮތް ދުވަސްތަކުގައި ބޯކޮށް ވާރޭވެހި ބައެއް ސަރަހައްދު ތަކަށް އެކި ގަޑިތަކުގައި ވައިގަދާވާނެ ކަަމަށް ވަނީ ލަފާކޮށްފައެވެ.
މޫސުމާ ބެހޭ އިދާރާއިންނާއި އެންޑީއެމްއޭ އިން ވަނީ ބޯކޮށް ވާރޭ ވެހޭނެތީ، ފެންބޮޑުވެ، ލިބިދާނެ ގެއްލުންތަކަކުން ރައްކާތެރިކަން ހޯދަން ދުރާލައި ފިޔަވަޅުތައް އެޅުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.




