ރާއްޖޭގެ ސިޔާސީ ފަސް ޕާޓީއަކަށް ފައިސާ ދޫކުރަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.
މި އަހަރުގެ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ޖުމްލަ 27.9 މިލިއަން ރުފިޔާ ދޫކުރުމަށް ވަނީ ނިންމާފައެވެ. މި ފައިސާ ލިބޭނީ މެންބަރުންގެ އަދަދު 10،000 އަށްވުރެ މަތިވާ ޕާޓީތަކަށެވެ. އެގޮތުން ފައިސާ ލިބޭ ޕާޓީތަކަކީ އެމްޑީޕީ، އަދާލަތު، ޖުމްހޫރީ ޕާޓީ، އެމްޑީއޭ އަދި ޕީއެންސީއެވެ.
ފައިސާ ދޫކުރުމުގައި ބޮލަކަށް 193.23 ރުފިޔާގެ މަގުން ހިސާބުކޮށްފައިވާއިރު، އެންމެ ގިނަ ފައިސާ ލިބެނީ 13.3 މިލިއަން ރުފިޔާއާއެކު 68،968 މެންބަރުން ތިބި ޕީއެންސީއަށެވެ. ދެން އެންމެ ގިނަ ފައިސާ ލިބެނީ 43،755 މެންބަރުންނާއެކު 8.4 މިލިއަން ރުފިޔާ ލިބޭ އެމްޑީޕީއަށެވެ.
އެހެނިހެން ޕާޓީތަކަށް ބަލާއިރު، ޖުމްހޫރީ ޕާޓީއަށް 2.6 މިލިއަން ރުފިޔާ (13،826 މެންބަރުން)، އެމްޑީއޭއަށް 1.7 މިލިއަން ރުފިޔާ (9،210 މެންބަރުން) އަދި އަދާލަތު ޕާޓީއަށް 1.7 މިލިއަން ރުފިޔާ (9،049 މެންބަރުން) ލިބޭނެއެވެ.
މިހާރު ރާއްޖޭގައި ޖުމްލަ 9 ސިޔާސީ ޕާޓީ ރަޖިސްޓްރީ ކުރެވިފައިވެއެވެ.



