ރަށްވެހީންގެ ސައްލާގެ ނަމުގައި މަޝްވަރާ ބައްދަލުވުމެއް އއ. އުކުޅަހު ކޮންވެންޝަން ސެންޓަރުގައި މިއަދު ފަށައިފިއެވެ.
މި މަޝްވަރާ ބައްދަލުވުމަކީ ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވާމަންޓް އެންޑް ޕަބްލިކް ވާރކްސްއާއި، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަނަންސާއި، ޔޫކޭ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓާއި އަދި ޔޫއެންޑީޕީ ގުޅިގެން ކުރިއަށް ގެންދާ ބައްދަލުވުމެކެވެ. އެގޮތުން މި ބައްދަލުވުން ފައްޓަވާދެއްވީ ލޯކަލް ގަވަރމެންޓް މިނިސްޓަރ އާދަމް ޝަރީފު ޢުމަރެވެ.
މިއަދު މި މަޝްވަރާ ބައްދަލުވުން ފަށާފައިވާއިރު، އެ ރަސްމިއްޔާތުގައި ބްރިޓިޝް ހައިކޮމިޝަނާ ނިކޮލަސް ޑޭވިޑް ލޯވއާއި، ޑެޕިޔުޓީ ހެޑް އޮފް ސައުތު އޭސިއާ ރީޖަނަލް ޑިޕާޓްމެންޓް އޮފް ދަ ޔޫކޭ ގަވރމަންޓް މިސް ކެމިލާ ސަގްންއާއި، ޑެޕިޔުޓީ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް އޮފް ދަ ޔޫއެންޑީޕީ މިސް ޕެކް ޗްއާން ގާންއާއި އަދި އެލްޖީއޭގެ ސިއީއޯ ބައިވެރިވެވަޑައިގެންނެވިއެވެ.
މިއީ ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ ބައްދަލުވުމެކެވެ. އަދި މި ބައްދަލުވުމުގެ ތެރެއިން، މިނިސްޓަރާއެކު ކުރިއަށް ގެންދާ ނެޓްވާރކިންގ ބައްދަލުވުން ރޭގައި ވަނީ ފަށާފައެވެ.
ރަށްވެހީންގެ ސައްލާގެ ނަމުގައި ކުރިއަށް ގެންދާ މަޝަވަރާ ބައްދަލުވުމުގައި މުހިއްމު ކަންކަމާ މެދު ބައިވެރިންގެ މެދުގައި މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައިވެއެވެ.
އެއީ:
1. ޕަބްލިކް ޕާޓިސިޕޭޝަން
2. ރައްޔިތުންގެ ބައިވެރިވުން އިތުރުކުރެވިދާނެ ގޮތްތައް
3. ކައުންސިލްތަކުން ހިންގާ ހަރަކާތްތަކުގައި މުޖުތަމަޢުގައި އެކަހެރިކުރެވިފައިވާ ފަރާތްތައް ބައިވެރިކުރުވުން
4. އިފެކްޓިވް ކޮމިޔުނިކޭޝަން
5. ރައިޓް ޓު އިންފޮމޭޝަން، އޯޕަން ގަވަމަންޓް
6. ލާމަރުކަޒީ ނިޒާމުގައި މަދަނީ ޖަމްއިއްޔާތަކުގެ ބައިވެރިވުން
7. ރައްޔިތުން ބައިވެރިކުރުމަށް




