ލ. މާންދޫ ބެންޑު ސަރަހައްދުގައި، ސައިކަލެއް ކޮންޓްރޯލްނުވެ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު ނިޔާވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މާންދޫ ބެންޑް ސަރަހައްދުން ސައިކަލެއް ކޮންޓްރޯލުނުވެ އެކްސިޑެންޓުވެފައިވާ މައްސަލަ ރޭ ދަންވަރު 01:40 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި އަނިޔާވި ލ. މާބައިދޫ ސޫރަޖްވިލާ / އިބްރާހިމް ނައުޒަމް (30އ.) ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު 8:45 ހާއިރު ނިޔާވެފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
މިމައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.





1 Comment
ތިޖެހުނީ ޕޯސްމޯރޓަމް ހަދަން