އައިލެންޑް އޭވިއޭޝަންގެ 25 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.
ރައީސް އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މެދުކެނޑުމެއްނެތި 25 އަހަރު ދިވެހި ޤައުމުގެ ނަން ވައިގެ ތެރޭގައި ފަވަމުން، އައިލެންޑް އޭވިއޭޝަންގެ ޓީމުން ކުރައްވަވާ ހިންމަތްތެރި މަސައްކަތަށް އެމަނިކުފާނު ފަޚުރުވެރިވާ ކަމަށެވެ.
”ރާއްޖޭގެ ދަތުރުފަތުރު ފުޅާކޮށް އިޤްތިޞާދު ހިފެހެއްޓުމުގައި، އަދި ތަރައްޤީ ދަމަހައްޓައިދިނުމުގައި، ޚިދުމަތުގެ ރިހިޔޫބީލް ފާހަގަކުރާ މި އުފާވެރި ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަމެވެ.“ ރައީސް ވިދާޅުވިއެވެ.
އައިލެންޑް އޭވިއޭޝަންގެ ހިންގުން ހަރުދަނާކޮށް އެއީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
އެ ގޮތުން އެ ކުންފުނިން މިހާރު ވަނީ ބައިނަލްއަޤްވާމީ ދަތުރުތައް ފަށާފަ އެވެ.




