ކުޑަކުއްޖަކާ ބެހުނު މީހަކަށް ކްރިމިނަލް ކޯޓުން 34 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.
އެ ހުކުމް އިއްވާފައި ވަނީ އަހުމަދު ރަޝްވާން އިސްމާއީލް ރަޝީދު ކިޔާ މީހެއްގެ މައްޗަށްވެ.
ރަޝްވާންގެ މައްޗަށް ދައުލަތުން ކުރި ދެ ދައުވާގެ ތެރެއިން ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ދައުވާ ސާބިތުވެ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން 20 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވެ އެވެ.
މީގެ އިތުރުން، ރަޝްވާންގެ މައްޗަށް ކުރި ދެވަނަ ދައުވާ ކަމަށްވާ ކުޑަކުއްޖެއް މެދުވެރިކޮށް އޮރިޔާން ކާޑު އުފެއްދުމުގެ ދައުވާ ވެސް ސާބިތުވެ، އެ ކުށަށް 14 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެ އެވެ.
މި މައްސަލައިގައި ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، ދެ މައްސަލައިގެ ޝަރީއަތުގެ މަޖިލިސް ވެސް ކުރިއަށް ގެންގޮސްފައިވަނީ ސިއްރު ޖަލްސާތަކެއްގެ ގޮތުގައެވެ.



