މާލޭގެ މާފަންނު ސަރަހައްދުގައި ހުންނަ ކެފޭއެއްގައި މިއަދު ހަވީރު ހިނގި މާރާމާރީއެއްގައި މީހަކު ޒަހަމްކޮށްލައިފި އެވެ.
ފުލުހުން މިއަދު މިޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މާލެ، މާފަންނުގައި ހުންނަ ކެފޭއެއްގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ހިނގި މާރާމާރީއެއްގެ މައްސަލަ މިއަދު 15:28 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
މި މާރާމާރީގައި އަނިޔާވި 22 އަހަރުގެ ދިވެހި ފިރިހެނަކަށް އައިޖީއެމް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.



