ހުޅުމާލެ ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައެއްގައި މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ބުނީ، އޭނާ ހޯދަމުން އަންނަނީ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް ކަމަށެވެ.
މިމައްސަލައާއި ގުޅިގެން ހޯދަން އިއުލާނު ކޮށްފައިވަނީ އަރުޝަދު އިބްރާހީމްމަނިކު. ވިލާ / ތ. ތިމަރަފުށި (50އ)އެވެ.
އެމައްސަލައިގެ ތަހުގީގަށް ތުހުމަތުގައި ސުވާލު ކުރުމަށް މިމަހުގެ 30 ވަނަ ދުވަހުގެ 10:00 އަށް އޭނާ ހުޅުމާލޭ ފޭސް 1 ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް ފުލުހުން ވަނީ އަންފައެވެ.



