ޔަހޫދީ އިޒްރޭލުން ޣައްޒާއަށް ދެމުން އަންނަ ނިރުބަވެރި ހަމަލާތަކުގައި، އިއްޔެ ހަވީރު ޣައްޒާއިން 53 މީހުން މަރާލުމަށްފަހު މިއަދު ފަތިހު އިތުރު ހަމަލާތަކެއްދީ 17 މީހަކު މަރާލައިފިއެވެ.
ޣައްޒާގެ ޤައުމީ ނޫސް އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި އިޒްރޭލުގެ ހަމަލާތައް ބޮޑަށް އަމާޒު ކޮށްފައިވަނީ ޣައްޒާގެ އަންހެނުންނާއި ކުޑަކުދިންނަށެވެ. އެގޮތުން މިދިޔަ މާރިޗް މަހު ދޭން ފެށި ހަމަލާތަކުން މިއަދާ ހަމައަށް ޣައްޒާގެ %70 އަންހެނުންނާއި ކުޑަކުދިން ވަނީ މަރުވެގައެވެ.
މިހާތަނަށް ޣައްޒާއިން 52،243 މީހުން އިޒްރޭލުގެ ހަމަލާތަކުގައި މަރުވެފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
އިޒްރޭލުން ޣައްޒާއަށް މިފަދަ ހަމަލާތައް ދިނުމުގެ އިތުރުން، އެ ޤައުމަށް އަންނަނީ ދަތިކުރުމުގެ ފިޔަވަޅުތައް ވެސް އަޅަމުންނެވެ. އެގޮތުން ޣައްޒާއަށް ކާބޯތަކެއްޗާއި ޒަރޫރީ ބޭނުންތަކުގެ ސާމާނު ވެއްދޭނެ މަގުތައް އިޒްރޭލުން ވަނީ ބަންދުކޮށްފައެވެ.
މިކަންކަމުގެ ސަބަބުން މާލަސްތަކެއް ނުވެ ޣައްޒާ އެއްކޮށް ބަނޑުހައި ހޫނުކަމުގެ ތެރެއަށް ގޮސްދާނެކަމުގެ ބިރު އިންތިހާއަށް ބޮޑު ކަމަށް ބުނެ އ.ދ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.



