ދ. ވާނީގައި ތަމްރީން ހަދަމުންދިޔަ ފުލުހެއްގެ ހާލު ދެރަވެގެން ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ދ. ވާނީގައި، 40 ވަނަ ޕޮލިސް އިނީޝަލް ޓްރެއިނިންގ ކޯހުގައި ތަމްރީން ހަދަމުންދިޔަ 34 އަހަރުގެ ފިރިހެން ރެކްރޫޓެއްގެ ހާލު ދެރަވެގެން ފަތިހު ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށެވެ.
މިއަދު މެންދުރު އޭނާ ވަނީ އެއަރލިފްޓް ކުރެވިފައި ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ އޭނާއަށް އައި.ޖީ.އެމް.އެޗް ގައި ފަރުވާ ދެމުން ދާ ކަމަށެވެ. އަދި އޭނާގެ ހާލު ވަރަށް ކްރިޓިކަލް ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.



