ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ފެށުމަށްޓަކައި ބީލަން އިވެލުއޭޓްކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ފެށުމާއެކު އެކަމުގެ ފައިދާ ފަތުރުވެރިކަމުގެ ސިނާޢަތަށް ކުރާނެކަން ފާހަގަކުރައްވާފައެވެ. ރައީސް ވިދާޅުވީ އެ ޚިދުމަތް ފެށުމަށް ބީލަން އިވެލުއޭޓް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ.
އަދި ހެލިކޮޕްޓަރުގެ ޚިދުމަތުގެ އިތުރަށް މޯލްޑިވިއަންގެ ވައިޑް ބޮޑީގެ 2 ވަނަ ބޯޓުގެ ޚިދުމަތް އޮކްޓޫބަރު މަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުން އަންނަކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
”ކަނެކްޓިވިޓީ ދާއިރާއަށް ބަލާއިރު އަލަށް 2 އެއަރލަންއިގެ ޚިދުމަތް ފަށައިފި. ހުއްޓިފައި އޮތް 3 އެއަރލައިނަކުން ވެސް ޚިދުމަތް ފަށައިފި.“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މިދިޔަ ޚިދުމަތް ފަށާގޮތަށް ކުރިން ހަމަޖެހިފައި އޮތީ މާރޗްމަހުއެވެ.



