މޫސުން ގޯސްވުމުގެ ސަބަބުން، ގަދަވަޔާއެކު ސޯސަން މަގުގައި ހުރި ގަހެއްގެ ގޮތްޕެއް ވެއްޓިއްޖެއެވެ.
ފުލުހުން މިއަދު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސޯސަން މަގުގައި ހުރި ގަހެއްގެ ގޮތްޕެއް މިއަދު ހެނދުނު ގޮތްޕެއް ވެއްޓި، މަގު ބަންދުވެ، ޕާކުކޮށްފައި ހުރި ވެހިކަލްތަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވި ކަމަށާއި ނަމަވެސް މިފަދަ ހާދިސާތަކުން ކުރިމަތި ވެދާނެ ނުރައްކާ ހާމަވާ ކަމުގައި ފުލުހުން ވިދާޅުވިއެވެ.
އެގޮތުން ފުލުހުން ވަނީ މިފަދައިން މޫސުން ގޯސްވާ ދުވަސްތަކުގައި ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކެއް ކިޔައިދެއްވާފައެވެ.
° ކޮންމެހެންކުރަންޖެހޭ ދަތުރުތައް މެނުވީ ނުކުރުން
° ބެލްކަނިތަކާއި ފުރާޅުމަތީގައި ހުރި ތަކެތި ރަނގަޅަށް ހަރުކޮށް، އެއްޗެހި ނުވެއްޓޭނެ ގޮތަށް ބެހެއްޓުން.
° މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއާއި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދޭ އަޕްޑޭޓްތަކަށް ސަމާލުވެ ތިބުން
° މަގުމަތީގައި ދިމާވާ ނުރައްކާތެރި ހާލަތްތަކާއި، ގަސްތައް ވެއްޓުމާއި، ފެންބޮޑުވުންފަދަ ކަންކަން 911 އަށް ރިޕޯޓުކުރުން




