ބޯފެން ހުސްކުރި 40 ފުޅީގައި ބަނގުރާ ހިފައިގެންދިޔަ ދެ ބިދޭސީއަކު ހުޅުމާލެއިން ރޭގައި ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވިދާޅުވީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ މިދިލި މަގުން ދުއްވާފައި ދިޔަ ވޭނެއް ހުއްޓުވައި ބަލައި ފާސްކުރިއިރު، ބަނގުރާކަމަށް ބެލެވޭ އެއްޗެެއް ހުރި 500 އެމްއެލްގެ 40 ފުޅި ފެނުނު ކަމަށެވެ. އެތަކެތި އަޅާފައި ހުރީ ބޮނަކުއާ ފެން ހުސްކުރި ފުޅިތަކަކަށެވެ.
ބަނގުރަލުގެ މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރު ކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ ދެ ރައްޔިތުން ކަމަށްވާ ތަލަޕަތީ ޕުގެންޒީ (27އ.) އާއި ރާޖަގޯޕާލް ސެލްވަގަނަޕަތީ (47އ.) އެވެ.

އެމީހުން ގެންގުޅުނު ފުޅިތަކުގެ ފޮޓޯއާއި ދަތުރުކުރި ވޭނުގެ ފޮޓޯވެސް ފުލުހުން ވަނީ އާންމުކޮށްފައެވެ.
ފުލުހުން ގެންދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.




