މާލޭގައި ދެ ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިއަދު ހަވީރު 5:25 ހާއިރު ބޮޑުތަކުރުފާނުމަގު ދުވާ ޓްރެކް ކައިރިން އިރުން ހުޅަނގަށް ދަތުރުކުރަމުންދިޔަ ދެ ސައިކަލު ޖެހި އެކްސިޑެންޓުވި މައްސަލައެއް ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވީ ނަމަވެސް، މި ހާދިސާއާ ގުޅިގެން އިތުރު މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރައްވަމުންނެވެ.




