ގދ. ނަޑެއްލާއިން މީހަކު ގެއްލިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން މިއަދު ވިދާޅުވީ ގެއްލިގެން ހޯދަމުންދަނީ ހދ. ނޮޅިވަރަން / ސުހާނީ، އާދަމް އިބްރާހިމް (34އ) ކަމަށެވެ.
”އިތުބާރު“ ނަމަކަށް ކިޔާ ދޯންޏަކުން އިއްޔެ މެންދުރުފަހު 14:00 ހާއިރު ނަޑެއްލާއަށް ފޭބުމަށްފަހު، އަނބުރާ އެ ދޯންޏަށް އާދަމް އިބްރާހިމް އައިސްފައިނުވާކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ 22:25 ހާއިރެވެ.
މި މައުލޫމާތު ފުލުހުންނަށް ލިބުމަށްފަހު، ފުލުހުންގެ ޓީމެއް ނަޑައްލާއަށް ގޮސް، ރަށުތެރެއާއި އެރަށް ކައިރީގައިވާ ފަޅު ރަށްތައް ބަލާފައިވާ ކަމަށާއި މިއަދުވެސް އޭނާ ހޯދުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އާދަމް އިބްރާހިމްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ގދ. ރަތަފަންދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 7909311 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދިލައްވާފައިވެއެވެ.



