މާލެ، ލޮނުޒިޔާރަތް މަގުގައި ހުރި ގަހެއްގައި ކާރަކުން ޖެހި އެކްސިޑެންޓް ވެއްޖެއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މި މައްސަލަ މިއަދު ހެނދުނު 08:38 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އަދި މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާނުވާ ކަމަށް ފުލުހުން ބުނެފައުވެއެވެ.
މި އެކްސިޑެންޓުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، އެ ވީޑިއޯއިން ފެންނަ ގޮތުގައި އެކްސިޑެންޓަށްފަހު އެ ކާރު ދުއްވަން އިންމީހާ އަލުން ކާރަށް އަރައި ކާރުގައި އެ ސަރަހައްދު ދޫކޮށްދާ ތަން ފެނެއެވެ.
ނަމަވެސް ފުލުހުން ބުނި ގޮތުގައި، އެކްސިޑެންޓަށް ފަހު ޑްރައިވަރ ފިލާފައި ނުވެއެވެ. ކައިރި ހިސާބެއްގައި ކާރު ޕާކް ކުރުމަށް ފަހު ޑްރައިވަރ ވަނީ ސީން އަށް އެނބުރި އައިސްފައެވެ.
މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.



