ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކެލިފޯނިއާއަށް ތިން ބިންހެލުމެއް އަތުވެއްޖެއެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ވަނީ އުތުރުގައި ވާ ކޭޕް މެންޑޯސިނޯއިން ފެށިގެން ދެކުނުގެ ސަލްޓަން ކަނޑުގެ 800 މޭލު ދުރުގައި ވާ ސެން އެންޑްރިއާސްގައި ސިސްޓަމިކް ހަަރަކާތްތަކެއް ހިނގާފައިވާ ކަަމަށް ބުނެފައެވެ.
އެގޮތުން މިއަދު 2.5 އާއި 2.9 އާ ދެމެދުގެ ބާރުމިނުގެ ބިންހެލުންތަކެއް ކެލިފޯނިއާއަށް އައިސްފައިވާ ކަމަށް އެ އިދާރާއިން ބުނެފައި ވެއެވެ.
ނަމަވެސް މި ބިންހެލުންތަކާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
މީގެ ސަބަބުން ކުދި ކުދި އަނިޔާތަކާއި ގެއްލުންތައް ލިބިދާނެ ކަމަށް ތަޖުރިބާކާރުން ވަނީ ލަފާކޮށްފައެވެ.
ސައިންސްވެރިން އިންޒާރު ދޭ ގޮތުގައި މިއީ 7.8 މެގްނިޓިއުޑްގެ ބިންހެލުމެއް ނުވަތަ އެއަށްވުރެ ބޮޑު ބިންހެލުމެއް ކުރިއަށް އޮތްތަނުގައި އަތުވެދާނެ ކަމުގެ އިޝާރާތެކެވެ.



