ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ކާޑުތަކުން ބީއެމްއެލް ޕީއޯއެސް މެޝިން މެދުވެރިކޮށް ފައިސާދައްކައިގެން ޚާއްސަ ޑިސްކައުންޓްތަކެއް ލިބޭ ގޮތް ހަދައިފިއެވެ.
ބީއެމްއެލްއިން ބުނީ، އޮފަރ ޕޯޓަލްގައި ހިމެނޭ ތަފާތު އެކި ވިޔަފާރިތަކުން ބީއެމްއެލް ކާޑުން ވިޔަފާރިކޮށްގެން ކަސްޓަމަރުންނަށް %45 އާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.
މި ފިހާރަތަކުގެ ތެރޭގައި ހެދުން ވިއްކާ ފިހާރަތަކާއި ކޮސްމެޓިކް ފިހާރަތަކާއި ފަރނީޗަރު ވިއްކާ ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރެންޓްތައް ހިމެނެއެވެ.
މި ޚާއްސަ އޮފަރތަކުގެ ދަށުން ޑިސްކައުންޓް ލިބޭ ވިޔަފާރިތަކާއި އެ ވިޔަފާރިތަކުން ލިބޭ ޑިސްކައުންޓްތަކުގެ ތަފްސީލީ މަޢުލޫމާތު ބީއެމްއެލްގެ އޮފަރ ޕޯޓަލް (offers.merchants.bankofmaldives.com.mv) މެދުވެރިކޮށް ބެލޭނެއެވެ.


