މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސެޓިފިކޭޝަން ޕްރޮސެސްގެ ތެރެއިން، އެ އަރޕޯޓުގައި ފުރަތަމަ ފަހަރަށް ބޮއިންގ 777 ވައިޑް-ބޮޑީ މަތިންދާބޯޓެއް ޖައްސައިފިއެވެ.
މިއީ އެއަރޕޯޓުގެ ރަންވޭގެ ޤާބިލުކަމާއި، ގްރައުންޑް ހޭންޑްލިންގ އަދި އެއަރ ޓްރެފިކް ކޮންޓްރޯލް ނިޒާމުތައް ޓެސްޓުކުރުމުގެ މުހިންމު މަރުހަލާއެކެވެ.
މާފަރު އަރޕޯޓުގެ ތަރައްޤީގެ މަޝްރޫޢުގެ ދަށުން، އެމް.ޓީ.ސީ.ސީ އިން ވަނީ ރަންވޭ 2.8 ކިލޯމީޓަރަށް ދިގުކޮށް، އެޕްރަންގެ ޖެޓު ޕާކުކުރެވޭ ޖާގަ 26 އަށް އިތުރުކޮށްފައެވެ.
މި އެއަރޕޯޓުގެ ބައިނަލްއަޤްވާމީ އޮޕަރޭޝަންތައް 2024 ގެ މެއި މަހު ވަގުތީގޮތުން ހުއްޓާލުމަށްފަހު، މިހާރު ވަނީ އަލުން ފަށާފައެވެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ ޑިސެމްބަރު 1، 2019 ގައި ހުޅުވި އެއާޕޯޓެކެވެ. މިއީ އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރު ހޭދަކޮށްގެން ހިލޭ އެހީގެ ގޮތުގައި ހަދާފައިވާ ތަނެކެވެ.
އެ އެއާޕޯޓު ތަރައްގީ ކޮށްފައިވަނީ ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާ ބޯޓްތައް ކަމަށްވާ އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރަށް 2،200 މީޓަރު ދިގު އަދި 40 މީޓަރު ފުޅާ ރަންވޭއަކާއެކުގައެވެ.
މި ތަރައްޤީގެ ސަބަބުން ބައިނަލްއަޤްވާމީ ފަތުރުވެރިންގެ ދަތުރުފަތުރު ފަސޭހަވެ، ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއާއި އިޤްތިޞާދަށް ފައިދާވެ، ބައިނަލްއަޤްވާމީ ދަތުރުފަތުރުގެ ވިއުގައިގައި ރާއްޖޭގެ މަޤާމު އިތުރަށް ވަރުގަދަވެގެންދާނެއެވެ.



