ނ. ހޮޅުދޫ މަގު ހެދުމުގެ މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ދީފިއެވެ.
އާރްޑީސީއިން ބުނީ، މި މަޝްރޫއުގެ ތެރެއިން މިހާރު ކުރެވެމުން ދަނީ ލައިނޫފަރު މަގުގައި ކޭބަލް ޖަންކްޝަން ހުރަސް ހޮޅި އެޅުމާއި މަގު ކޮނުމުގެ މަސައްކަތް ކަމަށެވެ.
ތާރު އަޅައިގެން ނ. ހޮޅުދޫގެ މަގުތައް ހަދަން އާރުޑީސީއާ ހަވާލުކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އޮކްޓޯބަރު 2022ގައެވެ.
ޕްލޭނިން މިނިސްޓްރީން އޭރު ބުނީ 71 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން ހޮޅުދޫގެ 3.4 ކިލޯމީޓަރު މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމުކޮށް ތާރު އަޅައި އަދި މަގު ބައްތި ވެސް ހަރުކުރާނެ އެވެ.
ނަމަވެސް މަޝްރޫއުގެ ވަކި ހިސާބަކުން އެ މަޝްރޫއުގެ މަސައްކަތް އޮތީ ހުއްޓިފަ އެވެ.
ނަމަވެސް މި ސަރުކާރުގައި މިދިޔަ ޑިސެމްބަރު މަހު އާރުޑީސީން ވަނީ ހޮޅުދޫ މަގުތައް ހެދުމުގެ މަސައްކަތް އަލުން ފަށައިފަ އެވެ.



