ށ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމް ހިދުމަތް ފަށައިފިއެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލް އޭޓީއެމް ހިދުމަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. ރައީސްގެ ވައުދުފުޅާ އެއްގޮތަށް މި އަހަރު ތެރޭގައި 100 ރަށެއްގައި މުޅިން އަލަށް އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ބީއެމްއެލްއިން ވަނީ ފަށާފައެވެ.
އެގޮތުން ށ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިހާރު ވަނީ ބީއެމްއެލް އޭޓީއެމްގއ ހިދުމަތް ފަށާފައެވެ.
އެ އަތޮޅުގައި މީހުން ދިރިއުޅޭ މުޅިއަކު 14 ރަށް އޮންނައިރު، ކުރިން މި ހިދުމަތް ލިބިފައި ނުވާ 10 ރަށެއްގައި މިހާރު ވަނީ މި ހިދުމަތް ފަށާފައެވެ.
ށ. އަތޮޅުގައި އަލަށް އޭޓީއެމް ހިދުމަތް ދޭންފެށި ރަށްތައް:
° ށ. ބިލެއްފަހި
° ށ. ފޭދޫ
° ށ. ގޮއިދޫ
° ށ. ކަނޑިތީމު
° ށ. ނޫމަރާ
° ށ. ޅައިމަގު
° ށ. ނަރުދޫ
° ށ. ފީވަށް
° ށ. ފޯކައިދޫ
° ށ. މަރޮށީ
ށ. އަތޮޅުގައި އޭޓީއެމްގެ ޚިދުމަތް ފެށުމާ ގުޅޭގޮތުން ބީއެމްއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ ރައީސްގެ ވަޢުދާ އެއްގޮތަށް ށ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް މިހާރު ފަށާފައިވާ ކަމަށެވެ. އެ ގޮތުން ލޯނަށް ފައިސާ ނެގުމާއި ފައިސާ ޖަމާކުރުމާއި ނެގުމުގެ ޚިދުމަތް އޭޓީއެމާއެކު ލިބޭނެކަން ޝަރީފް ފާހަގަކުރެއްވިއެވެ.



