ހުޅުމާލޭގައި މިރޭވެސް ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފް އިން ހާމަކޮށްފިއެވެ.
މިރޭ ހަވާއަރުވަން ތައްޔާރުވެފައިވާއިރު، މިމަހުގެ 23 ވަނަ ދުވަހުގެ ރޭ މޯލްޑިވްސް އެކްސްޕޯ 2025 ފެށުމަށް މިދިޔަ ހުކުރު ދުވަހުގެ ރޭ ވެސް ވަނީ ހަވާ އަރުވާފައެވެ. އޭގެ ފަހުން ޖެހިޖެހިގެން ދެ ރޭ ހަވާ އެރުވުމަށްފަހު، ހޯމަ ދުވަހުގެ ރެއާއި އަންގާރަ ދުވަހުގެ ރޭ ވަނީ ހަވާ އެރުވުން މެދުކަނޑާލާފައެވެ.
އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރިވެލި ބީޗުގައި މިރޭ 20:00ގައި ހަވާ އެރުވުމަށް ހަމަޖެހިފައި ވާކަމަށެވެ. މިއީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ)އިން ކުރިއަށްގެންދާ ހަރަކާތެއް ކަމަށާއި މި ހަރަކާތް ކުރިއަށް ދާނީ ތިންވަރަކަށް މިނިޓަށް ކަމަށް އެ ޕޯސްޓުގައި ވެއެވެ.
މިއީ މިހަފުތާގައި ހަވާ އަރުވާ ހަތަރުވަނަ ރެއެވެ.
ރާއްޖޭގައި އާންމުކޮށް ހަވާ އަރުވަނީ ޚާއްސަ ކަންކަމާ ގުޅިގެންނެވެ.




