ޤައުމަށް ދިމާވި ކޮންމެ މުހިންމު ކަމަކު ދިވެހި ސްކައުޓުން އަބަދުވެސް ތިބެނީ ތައްޔާރަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ޤައުމީ ސްކައުޓު ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނުގެ ރަސްމީ ”އެކްސް“ އެކައުންޓުގައި މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ.
އެގޮތުން ދިވެހިރާއްޖޭގައި ސްކައުޓް ޙަރަކާތް ފެށުނުތާ 69 އަހަރު ފުރުމުގެ މުނާސަބަތުގައި، ޤައުމީ ސްކައުޓް ދުވަހުގެ ތަހުނިޔާ ސްކައުޓުގެ އެހާރާއި މިހާރުގެ ޚިދުމަތްތެރީންނަށް އަރިސް ކުރައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ ޤައުމަށް ދިމާވި ކޮންމެ މުހިންމު ކަމަކު ސްކައުޓުން އަބަދުވެސް ތިބެނީ ތައްޔާރަށް ކަމުގަ އެވެ.
”އިޖްތިމާޢީ އެހީތެރިކަމުގައި، އަދި އެކުވެރިކަމުގެ ޗޭނަކުން މުޅި ރާއްޖޭގައި ބަދަހި ގުޅުމެއް އުފެއްދުމުގައި ސްކައުޓުން ދައްކައިދީފައިވަނީ ތާރީފު ހައްގު ނަމޫނާއެއް.“ ރައީސް މުޢިއްޒު ވިދާޅުވި އެވެ.




