މާދަމާއަކީ މިއަހަރުގެ ”މޯލްޑިވްސް އެކްސްޕޯ“ ގެ ފަހު ދުވަހެވެ.
އެގޮތުން މާދަމާ އެ އެކްސްޕޯ ކުރިއަށްދާ ވަގުތު އިތުރުވާނެ ކަމަށާއި ގިނަ ހަރަކާތްތައް ވެސް ހިމެނޭނެ ކަމުގައި އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
އިކޮނިމިކް މިނިސްޓްރީން ބުނީ، މޯލްޑިވްސް އެކްސްޕޯގައި ކުރިއަށްގެންދާ ހަރަކާތްތައް މާދަމާ ޚާއްސަކޮށްފައި ވާނީ، އާއިލީ ދުވަހެއްގެ ގޮތުކައި ކަމަށެވެ.
މިމަހުގެ 23 ވަނަ ދުވަހު ފެށި މި އެކްސްޕޯގެ މާދަމާގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 7:00 އިން 11:00 އަށެވެ. އެވަގުތުގައި ކުޑަކުދިންނާ ގުޅޭ އެކިއެކި ހަރަކާތްތައް ކުރިއަަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށާއި އެހެން ދުވަހެކޭވެސް އެއްގޮތަށް ހަވީރު 4:00 އިން 6:00އަށް އަދި ރޭގަނޑު 8:00 އިން 11:00އަށް އެކްސްޕޯގެ ހަރަކާތްތައް ކުރިއަށްދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ.
އެ އެކްސްޕޯގައި މިއަދު ހަވީރާއި ރޭގަނޑު ވެސް، ސްޓޭޖް ލައިވް ޕަރފޯމެންސް ތަކާއި އެކި އުމުރުފުރައިގެ މީހުންނަށް ބައިވެރިވެވޭ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މިއަދު ކުރިއަަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހަރަކާތްތަކަކީ:
° 360 ވީޑިއޯ ބޫތް
° 1438 ބޮޑުބެރު
° ފެޝަން ޝޯވް
° 2އޮފްއަސް
° ކޮޅުކެޅި ބޭންޑް
މޯލްޑިވްސް އެކްސްޕޯ 2025 އަށް މިހާތަނަށް 150،000 (އެއްލައްކަ ފަންސާސްހާސް) އަށް ވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ.



