ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ސަރުކާރުން ފަށާފައިވާ ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާގެ ދަށުން މިހާތަނަށް 5 ލައްކައަށްވުރެ ގިނަ ގަސް އިންދާފައިވާކަމަށް އެންވަޔަމަންޓް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި މިއަދާހަމައަށް 565،890 ގަސް ވަނީ އިންދާފައެވެ. މި މަޝްރޫޢުގެ ދަށުން މުޅި ޖުމްލަ 6،331،100 މިލިޔަން ގަސް އިންދުމަށް ވަނީ ހަމަޖެހިފައެވެ.
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި ބައިވެރިވެފައިވާ ކުންފުނިތަކާއި މިހާތަނަށް އިންދާފައިވާ ގަސްތަކުގެ އަދަދު:
* ރޯޒްވުޑް – 1،478،244 ގަސް
* އެޗްޑީސީ – 1،000،000 ގަސް
* އެމްޕީއެލް – 1،000،000 ގަސް
* އެސްޑީއެމް ފަރމް – 750،000 ގަސް
* އާރްއޭސީއެލް – 500،000 ގަސް
* ސްޓެލްކޯ – 600،000 ގަސް
* އެހެނިހެން – 1،002،856 ގަސް
މި ސަރުކާރުގެ މި ފަސް އަހަރު ތެރޭގައި 5 މިލިޔަން ގަސް އިންދެވުމުގެ ޕްރޮގްރާމެއް ހިންގެވުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާންކުރެއްވީ ތިމާވެށީގެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ އެންމެ ބޮޑު ބައްދަލުވުންކަމުގައިވާ ”ކޮޕް28“ ގައެވެ.



