ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރޭގައި ހިނގި މާރާމާރީއަކާ ގުޅިގެން އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖަކު ކުއްޖަކު ހައްޔަރު ކޮށްފިއެވެ.
ހިޔާ ޕާކު ސަރަހައްދުގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައިވާ މައްސަލައެއް ރިޕޯޓު ކުރުމާ ގުޅިގެން ފުލުހުން ރޭގައި ވަނީ އެ މައްސަލަ ބަލަން ފަށާފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، އެ މައްސަލައާ ގުޅިގެން އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖަކު ހައްޔަރު ކޮށްފައި ކަމަށެވެ.
މި މާރާމާރީގައި އަނިޔާވެފައިވަނީ އިންޑިއާއަށް ނިސްބަތްވާ ފިރިހެނަކަށެވެ. އެމީހާއަށް ހުޅުމާލޭ ހޮަސްޕިޓަލުގައި އަދިވެސް ދަނީ ފަރުވާ ދެމުންނެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



