އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުގެ ވެސް އަޟްހާ ޢީދު ދުވަހު ހަވީރު މާލެ ސަރަޙައްދުގެ މަގުތަކުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކޮށްފިއެވެ.
އެގޮތުން އެއްގަމު އުޅަނދު ދުއްވުން މަނާ ކޮށްފައިވަނީ ޢީދު ދުވަހުގެ (އަންނަ ހުކުރު ދުވަހުގެ) ހަވީރު 4:00 އިން 6:00 އާ ހަމައަށެވެ.
ސިޓީ ކައުންސިލުން މިއަދު ބުނީ، އެމެޖެންސީ ހާލަތުގައި ދަތުރުކުރާ ވެހިކަލްތަކަށް ދޫކުރާ ހާއްސަ ސްޓިކާ ކައުންސިލްގެ އާންމު ހިދުމަތާއި ބެހޭ ބައި (ތައިސޭކޮށި، މާލެ) ހުކުރު ދުވަހުގެ ހެނދުނު 08:30 އިން 10:30 އަށް އަދި މެންދުރުފަހު 14:00އިން 15:45 އަށް ދޫކުރާނެ ކަމަށެވެ.
މަނާކޮށްފައިވާ ގަޑީގައި އުޅަނދު ދުއްވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ކައުންސިލުން ބުންޏެވެ.
ޢީދު ދުވަހު ހަވީރު މާލެ ސަރަހައްދުގެ މަގުތަކުގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރުމަކީ ކޮންމެ އަހަރެއްގެ ވެސް ޢީދު ދުވަހު މަނާ ކަމެކެވެ.



