ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން، ދެކުނުގެ ބައެއް ރަށްތަކަށް މިއަދު ހުދު ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ހުދު ސަމާލު ނެރެފައިވަނީ ހުވަދޫ އަތޮޅުން (ގއ. އަތޮޅުން) ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ.
މޫސުން ގޯސްވުމުގެ ސަބަބުން މެޓް އޮފީހުން އެ ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 6:30 އިން ފެށިގެން މެންދުރު 12:30 އާ ހަމައަށެވެ.
މެޓް އޮފީހުން ބުނި ގޮތުގައި އެ ސަރަހައްދުތަކުގައި ހިމެނޭ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަަށް ވައިގަދަވާނެ ކަމަށް ވެސް ލަފާ ކޮށްފައިވެއެވެ.



