ފުވައްމުލަކު ސިޓީގައި ހިނހި މާރާމާރީއެއްގައި އުމުރުން 18 އަހަރުގެ ޒުވާނަކު ޒަހަމްވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފުވައްމުލަކު ސިޓީގައި މާރާމާރީއެއް ހިނގި މައްސަލަ ރޭ 8:54 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
މި މާރާމާރީގައި އަނިޔާވެފައިވަނީ އުމުރުން 18 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
އެގޮތުން އޭނާގެ ނޭފަތާއި އަނގަމަތި ފަޅައިގެން ގޮސްފައިވާ ކަމަށާއި، ކަނާތު ކޯމަތި ދުޅަވެ އިތުރު ކުދި އަނިޔާތައް ވެސް ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އޭނާއަށް އިތުރު ފަރުވާ ދިނުމަށް އައްޑޫ ސިޓީއަށް މިހާރު ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅޭގޮތުން އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރެއެވެ.




