ރާއްޖޭގެ ޒަކާތު ފަންޑުން މިއަހަރުގެ ފުރަތަމަ ހަތަރު މަހު ފަގީރު މިސްކީނުންގެ ބޭސްފަރުވާއަށް 3.5 މިލިއަން ރުފިޔާ ހޭދަކޮށްފިއެވެ.
ޒަކާތު ހައުސްއިން ވަނީ އެ ގްރޫޕުގެ ފުރަތަމަ ހަތަރު މަހުގެ ތަފާސް ހިސާބުގެ ރިޕޯޓުތައް އިއްޔެ ހާމަކޮށްފައެވެ.
° ޖެނުއަރީ މަހު ބޭސްފަރުވާއަށް ޒަކާތު ހައުސްއިން ދޫކުރި އެހީގެ ތަފްސީލު:
– ޓްރާންސްޕްލާންޓް: 405،493.11 ރުފިޔާ
– ކެންސަރު: 199،303.50 ރުފިޔާ
– ޕުއްޕާމޭގެ ބަލިތަކަށް: 90،000 ރުފިޔާ
– ހިތުގެ ބަލިތަކަށް: 56،007.24 ރުފިޔާ
– ކިޑްނީގެ ބަލިތަކަށް: 42،405 ރުފިޔާ
– ސިކުނޑީގެ ބަލިތަކަށް: 16،962 ރުފިޔާ
– އެހެނިހެން ބަލިތަކަށް: 699،737.21 ރުފިޔާ
އެހީގެ ގޮތުގައި ހަމަޖެހިފައިވާ 1.5 މިލިއަން ރުފިޔާގެ ތެރެއިން އެ މަހު ޒަކާތު ހައުސްއިން ހަރަދު ކޮށްފައި ވަނީ 761،287 ރުފިޔާއެވެ.
° ފެބްރުއަރީ މަހު ބޭސްފަރުވާއަށް ޒަކާތު ހައުސްއިން ދޫކުރި އެހީގެ ތަފްސީލު:
– ކެންސަރު: 195،063 ރުފިޔާ
– ކިޑްނީގެ ބަލިތަކަށް: 90،592.50 ރުފިޔާ
– ހިތުގެ ބަލިތަކަށް: 33،924 ރުފިޔާ
– ޓްރާންސްޕްލާންޓް: 25،443 ރުފިޔާ
– ސިކުނޑީގެ ބަލިތަކަށް: 12،721.50 ރުފިޔާ
– އެހެނިހެން ބަލިތަކަށް: 495،356 ރުފިޔާ
އެ މަހު އެހީއަށް ހޭދަކޮށްފައި ވަނީ އެކަމަށް ހަމަޖެހުނު 853،100 ރުފިޔާގެ ތެރެއިން 759،128 ރުފިޔާއެވެ.
° މާރިޗް މަހު ބޭސްފަރުވާއަށް ޒަކާތު ހައުސްއިން ދޫކުރި އެހީގެ ތަފްސީލު:
– ކެންސަރު: 829،042.42 ރުފިޔާ
– ސިކުނޑީގެ ބަލިތަކަށް: 278،670.24 ރުފިޔާ
– ކިޑްނީގެ ބަލިތަކަށް: 85،581 ރުފިޔާ
– ހިތުގެ ބަލިތަކަށް: 25،443 ރުފިޔާ
– ޕުއްޕާމޭގެ ބަލިތަކަށް: 22،157 ރުފިޔާ
– އެހެނިހެން ބަލިތަކަށް: 985،629.35 ރުފިޔާ
އެހީގެ ގޮތުގައި ދިނުމަށް އެ މަހު ހަމަޖެހިފައިވާ 2.2 މިލިއަން ރުފިޔާއިން ހަރަދު ކޮށްފައިވަނީ 847،278.50 ރުފިޔާއެވެ.
° އޭޕްރިލް މަހު ބޭސްފަރުވާއަށް ޒަކާތު ހައުސްއިން ދޫކުރި އެހީގެ ތަފްސީލު:
– ސިކުނޑީގެ ބަލިތަކަށް: 506،458.64 ރުފިޔާ
– ކެންސަރު: 301،075.50 ރުފިޔާ
– ހިތުގެ ބަލިތަކަށް: 54،240.50 ރުފިޔާ
– ޓްރާންސްޕްލާންޓް: 50،886 ރުފިޔާ
– ކިޑްނީގެ ބަލިތަކަށް: 40،324 ރުފިޔާ
– އެހެނިހެން ބަލިތަކަށް: 772،646.87 ރުފިޔާ
އެޕްރީލް މަހު އެ ފަންޑުން 1.7 މިލިއަން ރުފިޔާ ބޭސް ފަރުވާއަށް ހަމަޖައްސައިދިނެވެ. އެހީގެ ގޮތުގައި 111 މީހަކަށް 1.1 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.




