މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާއަށް ދިޔަ އީރާނުގެ ހައްޖާޖީންނަށް ރައްކާތެރިކަމާއެކު އެމީހުންގެ ޤައުމަށް އެނބުރި ދެވެންދެން، އެހީވާން ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢުދު އަމުރުކުރައްވައިފިއެވެ.
ސައުދީ ރަސްގެފާނު މިފަދައިން އަމުރުކޮށްފައި މިވަނީ އިއްޔެއިން ފެށިގެން އިޒްރޭލުން އީރާނަށް ދެމުން އަންނަ ވައިގެ ހަމަލާތަކާ ގުޅިގެންނެވެ.
ްެއެގޮތުން އިޒްރޭލުން ވަނީ އިއްޔެ ހެނދުނު އީރާނުގެ ނިއުކްލިއަރ މަރުކަޒުތަކަކަށް މިސޭލުތަކެއް ފޮނުވާ އެތައް ބަޔަކު ޝަހީދު ކޮށްލާފައެވެ.
އެހެންކަމުން ޤައުމަށް އަނބުރާ ނުދެވިތިބި އީރާނުގެ ހައްޖުވެރިންނަށް އެހީތެރިކަން ފޯރުކޮށްދޭން ސަލްމާން ރަސްގެފާނަށް، ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ހުށަހެޅުއްވި ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.
ސައުދީ ޕްރެސް އޭޖެންސީން ބުނެފައިވާ ގޮތުގައި އީރާނުގެ ހައްޖުވެރިންނަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަކޮށްދޭނީ ހައްޖު އެންޑް އުމްރާ މިނިސްޓްރީ މެދުވެރިކޮށެވެ.
އީރާނުގެ ނޫސްތަކުން މީގެ ކުރިން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރު އެ ގައުމުން ހައްޖަށް ދާ މީހުންގެ އަދަދު 85،000އަށް އަރައެވެ.




