ދުނިޔޭގެ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ޓްރީ ޓޮޕް ހޮސްޕިޓަލުގައި ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް މިއަދު ބާއްވައިފިއެވެ.
މި ކޭމްޕް އިފްތިތާހްކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު އަބުުދުﷲ ނާޒިމް އިބްރާހީމްއެވެ.
އިންޑިއަން ހައިކޮމިޝަނާއި ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލުން ކުރިއަށް ގެންދިޔަ މި ކޭމްޕުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ޓްރީޓޮޕްގެ ބައެއް މުވައްޒަފުން ވެސް ހިމެނެއެވެ.
މި ކޭމްޕްގައި އިންޑިއަން ހައިކޮމިޝަންގެ މުވައްޒަފުންނާއި ރާއްޖޭގައި އުޅޭ އިންޑިއާ ކޮމިއުނިޓީން ލޭ ހަދިޔާ ކުރާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.



