އިސްރަށްވެހިންނަކީ ޤައުމު ބިނާކުރުމުގައި ވަރަށް ޒިންމާދާރު، ހަރުދަނާ މަސައްކަތްތަކެއް ކުރައްވާފައިވާ ޤައުމުގެ ރައުސުލްމާލެއް ކަމަށް މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އާދަމް ޝަރީފު މިހެން ވިދާޅުވީ ”އެކްސް“ މެދުވެރިކޮށް ކުރެއްވެވި ޕޯސްޓެއްގައެވެ.
އެގޮތުން މިނިސްޓަރ ކުރެއްވެވި މި ޕޯސްޓްގައި، ޤައުމުގެ ކުރިމަގު ބައްޓަންކުރުމުގައި އިސްރަށްވެހިންގެ ތަޖުރިބާ ހިއްސާކުރުން މުހިންމު ކަމުގައި ވިދާޅުވެފައި ވެއެވެ. އަދި އުނގޫފާރު ސައިފު ޖަމްޢިއްޔާއިން އެ ފުރުސަތު އިސްރަށްވެހިންނަށް ފަހިކޮށްދެއްވާތީ އުފާފުޅުކުރައްވާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
ރ. އަތޮޅަށް މިނިސްޓަރ އާދަމް ޝަރީފު މިހާރު ކުރައްވަމުންދާ ދަތުރުފުޅުގައި، އުނގޫފާރު ސައިފު ޖަމްޢިއްޔާއިން ބޭއްވެވި އިސްރަށްވެހިންގެ ހަވީރުގައި ބައިވެވަޑައިގެން އުފާވެރި ވަގުތުކޮޅެއް އިސްރަށްވެހިންނާއެކު ވަނީ ހޭދަކުރައްވާފައެވެ.
މި ހަވީރަކީ ޖަމްޢިއްޔަތުއްސައިފަށް 64 އަހަރު ފުރުމާ ގުޅިގެން ބޭއްވި ހަވީރެކެވެ.



